Please enable JavaScript.
Coggle requires JavaScript to display documents.
މޯޓިވޭޝަންގެ ތިއަރީސް - Coggle Diagram
މޯޓިވޭޝަންގެ ތިއަރީސް
މިކަމާ ގުޅޭ މައިގަނޑު ފަސް ނަޒަރިއްޔާއަކީ:
މަސްލޯގެ ބޭނުންތަކުގެ ތަރުތީބު (Maslow’s Hierarchy of Needs)
ނަޒަރިއްޔާ ހުށަހެޅުއްވި ބޭފުޅާ: އެބްރަހަމް މަސްލޯ
މަސްލޯ ބަޔާންކުރައްވާ ގޮތުގައި އިންސާނުންގެ ބޭނުންތައް އެކި ދަރަޖަތަކަކަށް ބެހިގެންވެއެވެ. މީގެ ތެރޭގައި އަސާސީ ޖިސްމާނީ ބޭނުންތަކުން ފެށިގެން، އަމިއްލަ ނަފްސުގެ ކުރިއެރުމާއި ކާމިޔާބީއާ ގުޅޭ ބޭނުންތައް ހިމެނެއެވެ.
އަމިއްލަ އިޚްތިޔާރުގެ ނަޒަރިއްޔާ (Self-Determination Theory)
އެޑްވަރޑް ޑެސީ އަދި ރިޗަރޑް ރަޔަންމި ނަޒަރިއްޔާގައި ކިޔައިދެނީ ތިން ނަފްސާނީ ބޭނުމެއްގެ ސަބަބުން މަސައްކަތްކުރުމުގެ ޝައުޤުވެރިކަމަށް އަސަރުކުރާ ގޮތެވެ. އެއީ:
އަމިއްލަ އިޚްތިޔާރު (Autonomy): އަމިއްލައަށް ކަންކަން ނިންމުމުގެ ފުރުސަތާއި އުނގެނުމުގެ މައްޗަށް ބާރުފޯރުވުމުގެ އިހުސާސްވުން.
ޤާބިލުކަން (Competence): މަސައްކަތްތައް ފުރިހަމަކުރުމުގެ ކުޅަދާނަކަން ހުރިކަމާއި ކުރިއަރަމުންދާކަމުގެ އިހުސާސްވުން.
ގުޅުން (Relatedness): އެހެން މީހުންނާ އޮންނަ ގުޅުމާއި އެހީތެރިކަން ލިބޭކަމުގެ އިހުސާސްވުން.މި ނަﻈަރިއްޔާގައި ދެ ބާވަތެއްގެ ޝައުޤުވެރިކަމެއް ފާހަގަކުރެއެވެ. އެއީ އަމިއްލަ ޝައުޤުގައި (intrinsic motivation) ކުރާ ކަންކަމާއި، އިނާމެއް ނުވަތަ ބޭރުގެ މަޖުބޫރުކަމަކަށްޓަކައި (extrinsic motivation) ކުރާ ކަންކަމެވެ.
ސޫލޫކީ ނަޒަރިއްޔާ(Behaviourist Theory of Motivation)
ސޫލޫކީ ނަޒަރިއްޔާ (Behaviourist Theory of Motivation)ބީ. އެފް. ސްކިނަރ އަދި އެޑްވަރޑް ތޯންޑައިކްސޫލޫކީ ނަﻈަރިއްޔާގައި ބަލަނީ ކަމެއް ކުރުމުން ނުކުންނަ ނަތީޖާގެ ސަބަބުން އިންސާނާގެ އުޅުމަށް ބަދަލު އަންނަ ގޮތަށެވެ.
ސްކިނަރ ބާރުއެޅުއްވީ 'އޮޕަރަންޓް ކޮންޑިޝަނިންގް' އަށެވެ. މީގެ މާނައަކީ ކަމެއް ކުރުމުން ލިބޭ ނަތީޖާއެއްގެ ސަބަބުން އެކަމެއް ތަކުރާރުވުމުގެ ފުރުސަތު ބޮޑުވުން ނުވަތަ ކުޑަވުމެވެ.
ތޯންޑައިކް ވަނީ 'ލޯ އޮފް އިފެކްޓް' ނުވަތަ ނަތީޖާގެ ޤާނޫނު ތަރައްޤީކުރައްވާފައެވެ. މީގެ ބޭނުމަކީ ހިތްހަމަޖެހޭ ފަދަ ނަތީޖާއެއް ލިބޭ ކަންކަން ތަކުރާރުކުރުމަށް މީހާގެ ޝައުޤުވެރިކަން އިތުރުވާކަން ހާމަކޮށްދިނުމެވެ.
އެދެވޭ ބާރުވެރިކުރުވުން (Positive reinforcement): މިއީ ކަމެއް ކުރުމުން ހިތްހަމަޖެހޭ ފަދަ ނަތީޖާއެއް ދިނުމެވެ. މީގެ ސަބަބުން އެ އުޅުމެއް ނުވަތަ އެ މަސައްކަތެއް ތަކުރާރުވުމުގެ ފުރުސަތު އިތުރުވެގެންދެއެވެ.
އުންމީދާއި ފައިދާގެ ނަޒަރިއްޔާ (Expectancy-Value Theory)
ޖެކްލިން އެކްލްސް އަދި އެލަން ވިގްފީލްޑް
މި ނަޒަރިއްޔާގައި ބަޔާންކުރާ ގޮތުގައި ދަރިވަރުންގެ އުނގެނުމުގެ ޝައުގުވެރިކަމާއި ހިތްވަރު ބިނާވެގެންވަނީ މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ:
ކާމިޔާބީއަށް އޮންނަ އުންމީދު: އެ މަސައްކަތަކީ ކާމިޔާބުކުރެވިދާނެ މަސައްކަތެއް ކަމަށް ދަރިވަރު ގަބޫލުކުރުން.
މަސައްކަތުގެ އަގު ނުވަތަ ފައިދާ: އެ މަސައްކަތަކީ ޝައުގުވެރި، ބޭނުންތެރި ނުވަތަ މުހިންމު މަސައްކަތެއް ކަމަށް ދަރިވަރަށް ފެނުން.
މަސައްކަތަކީ ނުކުރެވޭނެ ކަމެއް ކަމަށް ދަރިވަރަށް ގަބޫލުކުރެވޭނަމަ ނުވަތަ އެކަމުގެ ބޭނުމެއް ނުވިސްނޭނަމަ، އެކަމަށް އޮންނަ ޝައުގުވެރިކަން ކުޑަވެގެންދެއެވެ. މީގެ އިތުރުން، އެ މަސައްކަތަކަށް ހޭދަވާނެ ވަގުތާއި، ކުރަންޖެހޭ ބުރަ މަސައްކަތާއި، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ހާސްކަމަކީވެސް ދަރިވަރުގެ ނިންމުންތަކަށް އަސަރުކުރާނެ ކަންކަމެވެ.
ލަނޑުދަނޑި ކަނޑައެޅުމުގެ ނަޒަރިއްޔާ (Goal-Setting Theory)
އެޑްވިން ލޮކް އަދި ގޭރީ ލޭތަމް
މި ނަޒަރިއްޔާގައި ބުނާގޮތުން ލަނޑުދަނޑިތަކުގެ ސަބަބުން ސަމާލުކަން އެއްކަމަކަށް ހުއްޓި، ކުރާ މަސައްކަތް ހަލުވިވެ، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތުގައި ކުރިއަށް ދިއުމަށް ބާރުލިބެއެވެ. ސާފު އަދި ގޮންޖެހުންތަކެއް ހުރި ލަނޑުދަނޑިތަކެއް ކަނޑައަޅައި، އެކަން ހާސިލުކުރުމަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ލިބޭނަމަ، މަސައްކަތުގެ ފެންވަރު ރަނގަޅުވެއެވެ.
ދަރިވަރުންނަށް "މިއަށްވުރެ ބޮޑަށް މަސައްކަތްކުރޭ" ފަދަ އާންމު އިރުޝާދުތަކަށްވުރެ، ސާފުކޮށް އެނގެން އޮންނަ އުނގެނުމުގެ ލަނޑުދަނޑިތައް މާ ބޭނުންތެރިއެވެ.
ނަތީޖާ ނެރެދޭނެ ލަނޑުދަނޑިތަކުގައި ހުންނަންޖެހޭ ސިފަތަކަކީ:
ސާފުކަން: ހާސިލުކުރަން ބޭނުންވާ ކަންތައްތައް ސާފުކޮށް އެނގެން އޮތުން.
ގޮންޖެހުންތަކެއް ހުރި ނަމަވެސް ހާސިލުކުރެވޭނެ ފަދަ ކަމަކަށްވުން: ދަރިވަރު މާބޮޑަށް މާޔޫސްނުވެ، ކުރިއަށް ދިއުމަށް ހިތްވަރު ލިބޭ ފަދަ ކަމަކަށްވުން.
މިންކުރެވޭނެ ކަމަކަށްވުން: ކުރިއެރުން ލިބޭ މިންވަރު ފަސޭހައިން ވަޒަންކުރެވުން.
އިރުޝާދާއި އެހީތެރިކަން ލިބުން: ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަތުމަށް ދަރިވަރުންނަށް އެހީތެރިވެދިނުން.
މުސްތަޤުބަލުގައި އަޅުގަނޑު ކިޔަވައިދޭއިރު މި ނަޒަރިއްޔާތައް ބޭނުންކުރާނެ ގޮތް
އަދި ފިލާވަޅުތަކަކީ ޢަމަލީ ދިރިއުޅުމާ ގުޅުންހުރި ކަންކަމަށް ހެދުމަށާއި، ދަރިވަރުންނަށް ވާސިލުވެވޭނެ ފަދަ ލަނޑުދަނޑިތައް ކަނޑައެޅުމުގައި އެހީތެރިވާނަމެވެ
އަޅުގަނޑު މަސައްކަތް ކުރާނީ އެހީތެރިކަން ލިބިދޭ ކްލާސްރޫމެއް ބިނާކުރުމަށާއި، ދަރިވަރުންނަށް މާނަހުރި އިޚްތިޔާރުތައް ފޯރުކޮށްދިނުމަށާއި، އެކުދިން ކުރާ ރަނގަޅު މަސައްކަތްތައް ފާހަގަކޮށް އަގުވަޒަންކުރުމަށެވެ
މީގެ އިތުރުން، ކޮންމެ ދަރިވަރަކުވެސް ޝައުޤުވެރިވަނީ ތަފާތު ކަންތައްތަކަކުން ކަމަށްވާތީ، ދަރިވަރުންގެ އިޖާބައަށް ބަލައި އަޅުގަނޑުގެ ކިޔަވައިދިނުމުގެ އުސޫލުތަކަށް ބަދަލުތައް ގެންނާނަމެވެ.