Please enable JavaScript.
Coggle requires JavaScript to display documents.
ބިހޭވިއަރަލް ވިއު އޮފް ލާރނިންގް - Coggle Diagram
ބިހޭވިއަރަލް ވިއު އޮފް ލާރނިންގް
އަސާސީ ނަޒަރިއްޔާ
އުނގެނުމަކީ ފަރުދަކާއި އޭނާގެ މާހައުލާ ދެމެދު ކުރެވޭ މުއާމަލާތްތަކުގެ ނަތީޖާއެއްގެ ގޮތުން ފެންނަން ހުންނަ ސުލޫކަށް އަންނަ ބަދަލެކެވެ.
މުހިންމު ނަޒަރިއްޔާތުވެރިންނާއި ކޮންސެޕްޓްތައް
އައިވާން ޕާވްލޯވް(ކްލަސިކަލް ކޮންޑިޝަނިންގް)
މެކޭނިޒަމް: ވަކި އަސަރެއް ނުކުރުވާ އާދައިގެ އިޝާރާތެއް (Neutral Stimulus) އިޝާރާތަކާ (Eliciting Stimulus) ގުޅުވާލުމުން އުނގެނޭ ރައްދެއް (Learned Response) އުފެދުން.
އެޑްވިން ގުތުރީ (ކޮންޓިގުއިޓީ ތިއަރީ)
ކޭނިޒަމް: އިޝާރާތްތަކާއި ދެވޭ ރައްދުތައް ވަގުތުގެ ގޮތުން އެކުގައި ނުވަތަ ކައިރިކައިރީގައި ހިނގުމުން ސުލޫކުތައް އުނގެނެވުން.
ޖޯން ބީ. ވޮޓްސަން (ސްޓިމިއުލައި އެންޑް ރެސްޕޮންސް)
އިސްކަންދެއްވީ: އިޝާރާތްތަކާއި (Stimuli) ދެވޭ ރައްދުތަކުގެ (Responses) ދެމެދުގައިވާ ގުޅުމަށެވެ.
ބީ. އެފް. ސްކިނަރ (އޮޕެރަންޓް ކޮންޑިޝަނިންގް)
ބިނާވެފައިވަނީ: ސުލޫކުގެ ނަތީޖާތަކުގެ މައްޗަށެވެ.
Positive Reinforcement (އެދެވޭ ބާރުވެރިކުރުން): އެދެވޭ ނަތީޖާއެއް އިތުރުކޮށްދިނުން.
Negative Reinforcement (ނޭދެވޭ ބާރުވެރިކުރުން): ހިތްހަމަނުޖެހޭ ކަމެއް ދުރުކޮށްދިނުން.
Punishment (އަދަބުދިނުން): ސުލޫކެއް ތަކުރާރުވުމުގެ ފުރުސަތު ކުޑަކޮށްދިނުން.
ކްލާސްރޫމުގައި ބޭނުންކުރުމާއި ފައިދާތައް
ސުލޫކު ބައްޓަންކުރުން: ބާރުވެރިކުރުމާއި (Reinforcement)، ނަތީޖާތަކާއި (Consequences)، އަދި ފީޑްބެކް (Feedback) މެދުވެރިކޮށް ދަރިވަރުންގެ ސުލޫކު ބައްޓަންކުރެވުން.
އަމަލީ އުސޫލުތައް: ކްލާސްރޫމުގައި އެދެވޭ ސުލޫކަށް ހިތްވަރުދިނުމަށް މުދައްރިސުންނަށް މަގުފަހިވުން.
މިނެކިރެވޭ ލަނޑުދަނޑިތައް: އުނގެނުމުގެ ލަނޑުދަނޑިތަކަކީ ފެންނަން ހުންނަ އަދި މިނެކިރޭ އެއްޗަކަށް ހެދުން.
ނަޒަރިއްޔާގެ އުނިކަންކަން
އަމިއްލަ ޝައުގުވެރިކަން ކުޑަވުން: އިނާމު ނުވަތަ އަދަބަށް މާ ބޮޑަށް ބަރޯސާވުމުން ދަރިވަރުންގެ އެތެރެއިން އުފެދޭ ޝައުގުވެރިކަން (Intrinsic Motivation) ކުޑަވުން.
ވިސްނުމާއި އިހުސާސްތައް ދޫކޮށްލެވުން: ދަރިވަރުންގެ ވިސްނުމާއި އިހުސާސްތަކަށް (Cognition & Emotions) އަހަންމިއްޔަތުކަން ނުދެވުން.