Please enable JavaScript.
Coggle requires JavaScript to display documents.
ޔުނިވާސަލް ޑިޒައިން ފޯ ލާނިންގް (UDL) - Coggle Diagram
ޔުނިވާސަލް ޑިޒައިން ފޯ ލާނިންގް (UDL)
ޔޫ.ޑީ.އެލް (UDL) އަކީ ކޮބާ؟
ޔުނިވާސަލް ޑިޒައިން ފޯ ލާނިންގް (UDL) އަކީ ހުރިހާ ދަރިވަރުންނަށްވެސް ބައިވެރިވެވޭ އަދި ޝައުގުވެރިވާ ފަދަ ގޮތަކަށް ފިލާވަޅުތައް ރޭވުމަށް ބޭނުންކުރާ އޮނިގަނޑެކެވެ.
ޔޫ.ޑީ.އެލް (UDL) ގައި ޓެކްނޮލޮޖީގެ ދައުރު
އިލެކްޓްރޯނިކް ފޮތްތައް
އިންޓަރެކްޓިވް ވެބްސައިޓްތައް
އަޑު ލިޔުމަށް ބަދަލުކުރާ ސޮފްޓްވެއާ
ތައުލީމީ ވީޑިއޯތައް
ލިޔުން އަޑަށް ބަދަލުކުރާ ސޮފްޓްވެއާ އަޑު ލިޔުމަށް ބަދަލުކުރާ ސޮފްޓްވެއާ
ޔޫ.ޑީ.އެލް (UDL) ގެ މައިގަނޑު 3 އަސާސް
2. އެކްސްޕްރެޝަން / ހާމަކުރުން (ދަރިވަރުން ދަސްވި އެއްޗެއް ދައްކައިދޭގޮތް)
3. އެންގޭޖްމަންޓް / ބައިވެރިވުން (ދަރިވަރުންގެ ޝައުގުވެރިކަން ހިފެހެއްޓުން)
1. ރެޕްރެޒެންޓޭޝަން / ހުށަހަޅައިދިނުން (ދަރިވަރުންނަށް މައުލޫމާތު ލިބޭގޮތް)
ޔޫ.ޑީ.އެލް (UDL) ގެ ބޭނުން
ފިލާވަޅު ރާވައި ނިމުމަށްފަހު، ވަކިވަކި ކުދިންނަށް ބަދަލުތައް ގެންނަންޖެހޭ މިންވަރު މަދުކޮށްދެއެވެ
ކިޔަވައިދޭން ފެށުމުގެ ކުރިން، އުނގެނުމަށް ހުރަސްއެޅޭ ކަންކަން ނައްތާލައެވެ
ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭފަދަ ހަމަހަމަ ކްލާސްރޫމެއް އުފައްދައިދެއެވެ
މަންހަޖު (ކަރިކިއުލަމް) އިން އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދެއެވެ
ޔޫ.ޑީ.އެލް (UDL) ގެ ފައިދާތައް
ދަރިވަރުން އަމިއްލައަށް އުނގެނޭ ކުދިންނަށް ވުމަށް އެހީތެރިވެދޭ
މެޓާކޮގްނިޓިވް ހުނަރުތައް (އަމިއްލަ އުނގެނުމާ މެދު ވިސްނާ ހޭލުންތެރިވުން) އިތުރުވޭ
އުނގެނުމުގައި އުނދަގޫތައް ކުރިމަތިވާ ކުދިންނަށް ފިލާވަޅު ފަސޭހައިން ވިސްނައިގަނެވޭ
އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ހިތްވަރު ގަދަވެއެވޭ
ފިލާވަޅުގައި ބައިވެރިވުން އިތުރުވުމުގެ ސަބަބުން، އަހުލާގީ މައްސަލަތައް މަދުވޭ
އެހެން ކުދިންނާ ވަކިނުކޮށް، ތަފާތު އެކި ކުދިންނަށް އެކުގައި ކިޔަވައިދިނުމަށް އެހީތެރިވެދޭ
ޔޫ.ޑީ.އެލް (UDL) އުކުޅުތަކުގެ މިސާލު
މަޝްވަރާތަކާއި ހަރަކާތްތަކުގެ އެހީގައި ކުރީގެ މައުލޫމާތުތައް އާލާކުރުން.
އެސެސްމަންޓް ހެދުމުގައި ލުއި ފަސޭހަ ގޮތްތައް ބޭނުންކުރުން.
ކުރެހުންތަކާއި ގްރެފިކް އޯގަނައިޒާސް ބޭނުންކުރުން.
އަމިއްލައަށް، ބައިވެރިޔަކާއެކު ނުވަތަ ގްރޫޕް ހަދައިގެން މަސައްކަތް ކުރުމުގެ ފުރުސަތު ދިނުން.
މުހިންމު ބަސްގަޅުތައް (Vocabulary) ކުރިއާލައި ދަސްކޮށްދިނުން
ކިޔުމާއި ލިޔުމަށް އެހީތެރިވުމަށް ޓެކްނޮލޮޖީ ބޭނުންކުރުން.