Please enable JavaScript.
Coggle requires JavaScript to display documents.
ވިސްނުމުގެ ތަރައްޤީތިންކިންގ ސްކިލްސް އެޕްރޯޗަސް – ހިގިންސް އެންޑް ކޯ…
ވިސްނުމުގެ ތަރައްޤީތިންކިންގ ސްކިލްސް އެޕްރޯޗަސް – ހިގިންސް އެންޑް ކޯ-އޯތާސް (Higgins et al.)
މައިގނޑު 4 ނުކުތާ
ހުރިހާ ދަރިވަރުންނަށް ފައިދާވުން
ދަރިވަރުންގެ މެދުގައި އޮންނަ ފަރަގުތައް ކުޑަކޮށްދީ، ހަމަހަމަކަމާއެކު ކުރިއަށްދާން މަގުފަހިވޭ.
މިއީ ހަމައެކަނި މޮޅެތި ކުދިންނަށް އޮތް ކަމެއް ނޫން؛ ކިޔެވުމުގައި އެހީތެރިކަން ބޭނުންވާ (Low-achieving) ކުދިންނަށް މީގެއިން ލިބޭ ކުރިއެރުން ވަރަށް ބޮޑު
މެޓަކޮގްނިޝަން ބާރުވެރިވުން
ދަރިވަރުން އަމިއްލައަށް ވިސްނާ ގޮތް ނުވަތަ ދަސްކުރާ ގޮތް ދެނެގަނެ، އެކަން މޮނިޓަރ ކުރަން ދަސްވުން
މައްސަލަތައް ހައްލުކުރުމުގައި އަމިއްލައަށް ރޭވުމާއި، ކަންކަން ވަޒަންކުރުމުގެ ގާބިލުކަން އިތުރުވުން.
އުނގެނުމަށް ލިބޭ ބޮޑު ކުރިއެރުން
މި އުކުޅުތަކުގެ ސަބަބުން އުނގެނުމުގެ ދުވެލި އާދައިގެ ކްލާސްރޫމްތަކަށްވުރެ އަވަސްވެގެންދާކަން ހެކިތަކުން ދައްކާ
ވިސްނުމުގެ ހުނަރުތައް ދަސްކޮށްދިނުމުން ދަރިވަރުންގެ ނަތީޖާ (ޚާއްސަކޮށް ހިސާބު، ސައިންސް އަދި ކިޔުމުގެ ހުނަރުން) ވަރަށް ބޮޑަށް މަތިވޭ.
ބަހުސްކުރުމާއި މުއާމަލާތްކުރުން
ވިސްނުމުގެ ހުނަރުތައް އެންމެ ފުރިހަމައަށް ތަރައްގީވަނީ ކްލާސްތެރޭގައި ދެކެވޭ މާނަވީ ވާހަކަތަކާއި (Structured Dialogue) ބަހުސްތަކުގެ ތެރެއިން
ކުލާސް ރޫމްގައި ބޭނުންކުރާނެ 2 ގޮތް
އުނގެނުމުގެ އުކުޅުތައް ސީދާކޮށް ދަސްކޮށްދިނުން
ވިސްނާނެ ގޮތް ދަރިވަރުން އަމިއްލައަށް ދަސްކުރާނެ ކަމަށް ދޫކޮށްނުލައި، މުދައްރިސު އެ ހުނަރުތައް (މިސާލަކަށް: ޕްރެޑިކްޓްކުރުން، ކެޓަގަރައިޒްކުރުން) ސީދާ ބުނެދީ ދަސްކޮށްދިނުން
ފިލާވަޅުތަކުގައި ކުދިންގެ ވިސްނުމަށް "ޗެލެންޖު" ކުރާނެ ފަދަ މައްސަލަތައް ހިމެނުން.
ވިސްނުމުގެ މާހައުލެއް ހެދުން
ހަމައެކަނި ރަނގަޅު ޖަވާބު ހޯދުމުގެ ބަދަލުގައި، ޖަވާބާ ހަމައަށް ދިޔުމަށް ވިސްނި "މަރުހަލާ" ނުވަތަ ޕްރޮސެސް ފާހަގަކޮށް ހިތްވަރުދިނުން.
ދަރިވަރުން ޖަވާބެއް ދިނުމުން "އެ ޖަވާބަށް ވާސިލްވީ ކިހިނެއް؟" (Explain your reasoning) ބުނެދޭން އެދުން.