Please enable JavaScript.
Coggle requires JavaScript to display documents.
ސުވާލުކުރުން- ދަ އާރޓް އޮފް އިންކުއަރިން ( ޑރ. އެލީނާ ވެންސް، ތާރީހެއް…
ސުވާލުކުރުން- ދަ އާރޓް އޮފް އިންކުއަރިން ( ޑރ. އެލީނާ ވެންސް، ތާރީހެއް ނެތް)
ކްލާސްރޫމުގެ މުޢާމަލާތްތައް ހަމަހަމަކުރުން
ހަމައެކަނި އަތްމައްޗައް އުފުލާ ކުދިންނަށް އެކަނި އިސްކަން ނުދޭށެވެ.
ހުރިހާ ދަރިވަރުންނަށްވެސް އެއްހަމައެއްގައި ބައިވެރިވުމުގެ ފުރުސަތު އޮންނަންޖެހޭޏެއެވެ.
ނަންތައް ގުރުއަތުން ހޮވާ އުސޫލު ބޭނުންކުރުން
ގުރޫޕު ހަރަކާތްތަކުގައި " ނަމްބަރު ޖަހާފައިވާ ބޯތައް އެކު އެކީގައި" ( number heads together) އުކުޅު ބޭނުންކުރުން
ވިސްނުމަށްދޭ ވަގުތު އިތުރުކުރުން
ޖަވާބުދިނުމުގެ ކުރިން ހިމޭންކޮށްލާ މަދު ސިކުންތުކޮޅުގެ ސަބަބުން ޖަވާބުގެ ފެންވަރު ރަނގަޅުވެއެވެ.
ދަރިވަރުންނަށް ރަނގަޅަށް ވިސްނުމަށްޓަކައި މަޑުޖެހިލާނެ ވަގުތު "ވެއިޓިން ޓައިމް" ބޭނުންވެއެވެ.
ކުދިންނަށް ގޮވުމުގެ ކުރިން ވިސްނާލުމަށް 3-5 ސިކުންތުގެ ވަގުތެއް ދިނުން
"ވިސްނާ-ލިޔޭ-ހިޔާލުބަދަލުކުރޭ-ހިއްސާކުރޭ" އުކުޅު ބޭނުންކުރުން
ވިސްނުމުގެ ފެންވަރު މަތިކުރަމުން ދިއުން
ވިސްނުން ފުންކުރުމަށްޓަކައި " ބްލޫމްސް ޓެކްސޮނޮމީ" ބޭނުންކުރާށެވެ.
ސުވާލުތައް ބައްޓަނަކުރަންވާނީ ފަސޭހަ ސުވާލުތަކުން ފަށައިގެން ފުންކޮށް ވިސްނަންޖެހޭ އުނދަގޫ ސުވާލުތަކަށެވެ.
ފުންކޮށް ދިރާސާކުރާ ކަހަލަ ސުވާލުތައް ކުރުމުގެ ކުރިން، ހަނދާން އައުކޮށދޭފަދަ އާދައިގެ ސުވާލުތަކުން ފެށުން
" ސުވާލުގެ ހިނގަފަތި" (Question staircase) ފަދަ ހަރަކާތްތައް ބޭނުންކުރުން
ދަރިވަރުން އިސްނަގައިގެން ސުވާލުކުރުން
ދަރިވަރުން އަމިއްލައަށް ސުވާލު އުފައްދަން ދަސްކުރަންޖެހެއެވެ.
މީގެ ސަބަބުން އަމިއްލައަށް ކަންކަމާމެދު ފުންކޮށް ވިސްނުމާއި މިނިވަންކަމާމެދު ދަސްކުރުމަށް ހިތްވރު ލިބެއެވެ.
އަމިއްލައަށް ގޮތް ނިންމާކަހަލަ ހުޅުވާލެވިފައިވާ ސުވާލުތައް އުފެއްދުމަށް ފުރުސަތު ދިނުން
ދަރިވަރުން އިސްވެ ތިބެ ކުރިއަށް ގެންދާ މަޝްވަރާތައް ނުވަތަ (QFT) ހަރަކާތް ބޭނުންކުރުން
މައިގަނޑު 4 ޕޮއިންޓް
ކްލާސްރޫމުގައި ބޭނުންކުރާނެ ގޮތް