Please enable JavaScript.
Coggle requires JavaScript to display documents.
ފެންވަރު ވަޒަންކުރުމާއި ފީޑްބެކްދިނުން - Coggle Diagram
ފެންވަރު ވަޒަންކުރުމާއި ފީޑްބެކްދިނުން
ވަޒަންކުރުމަކީ އެކިކަހަލަ ޓެސްޓުތަކާއި،މަޝްރޫއުތަކާއި،އަދި ތަފާތު ހަރަކާތްތަކުގެ އެހީގައި ދަރިވަރުން އުނގެނޭ މިންވަރު ދެނެގަތުމެވެ.ފީޑްބެކްއަކީ ދަރިވަރުންގެ މަސައްކަތް އިތުރަށް ފުރިހަމަކުރުމައްޓަކައި ދެވޭ މައުލޫމާތެވެ.އެގޮތުން ރުނގަޅުކުރަންވީ ކަންތައްތައް ކިޔައިދިނުން ހިމެނެއެވެ.
ކުލާހުގައި ބޭނުންކުރާނެ ގޮތްތައް
ފިލާވަޅު ކުރިއަށްދާއިރު ދަރިވަރުން އުނގެނެމުންދާ މިންވަރު ބެލުމާއި ދަރިވަރުންގެ މަސައްކަތް ތަރައްގީކުރުމަށް ގަވާއިދުން ފީޑްބެކް ދިނުން
އަމިއްލަ ނަފްސު މުރާޖާ ކުރުމުގެ ފުރުސަތު ދިނުން
ދަރިވަރުންނަށް ހިތްވަރު ދިނުމާއި ކިޔެވުން ރަނގަޅު ކުރުމަށް އެހީވުން
އުނގެނުން ވަޒަންކުރުމަށްޓކައި ޓެސްޓް،ކުއިޒު،ޕްރެޒެންޓޭޝަން އަދި ޕްރޮޖެކްޓް ފަދަ ވަސީލަތްތައް ބޭނުންކުރުން
ފެންވަރު ވަޒަންކުރުމާއި ފީޑްބެކް ދިނުމުގެ ބާވަތްތައް
ޑައިގްނޯސްޓިކް އެސެސްމެންޓް(ކުރިން އެނގިފައިވާ މިންވަރާއި އުނގެނުމުގެ ހުރަސްތައް ދެނެގަތުމަށް ވަޒަންކުރުން)
ސަމެޓިވް އެސެސްމެންޓް(އުނގެނުމުގެ މަރުހަލާ ނިމުމުން ކުރެވޭ ވަޒަންކުރުން)
ޕޮޒިޓިވް އަދި ނެގެޓިވް ފީޑްބެކް(ދަރިވަރުން ކުރާ ރަނގަޅުކަންތައްތައް ފާހަގަކޮށް އެކަން ދެމެހެއްޓުމަށް ހިތްވަރު ދިނުން)
ފޯމެޓިވް އެސެސްމެން (ކިޔަވައިދެމުންދާއިރު ދަރިވަރުން އުނގެނެމުންދާ މިންވަރު މެދުކެނޑުމެއްނެތި ބެލުން)
ފެންވަރު ވަޒަންކުރުމާއި ފީޑްބެކް ދިނުމުގެ މުހިންމުކަން
ދަރިވަރުންގެ ކިބައިގައި ހުރި ހުނަރުތަކާއި އިތުރަށް ރަނގަޅުކުރަންޖެހޭ ދާއިރާތައް ދެނެގަނެވުން
ދަރިވަރުން ކިޔަވާ ހިތްޖެހުމާއި ޝައުގުވެރިކަން އިތުރުވުން
ދަރިވަރުންގެ ފެންވަރު މަތިކުރުމަށާއި އުނގެނުމުގެ ނަތީޖާ ހަރުދަނާކުރުމަށް އެހީވުން
ކިޔަވައި ދިނުމުގެ ގޮތްތައް ބައްތަންކުރުމަށާއި،އުނގަންނައިދިނުން އިތުރަށް ފުރިހަމަ ކުރުމަށް މުދައްރިސަށް މަގުދެއްކުން
ފެންވަރު ވަޒަންކުރުމާއި ފީޑްބެކް ދިނުމުގެ އުސޫލުތަކާއި އުކުޅުތައް
އުނގެނުމުގެ މަރުހާގެ ތެރޭގައި މެދުކެނޑުމެއްނެތި އަދި ގަވާއިދުން ފީޑްބެކް ދިނުން
ލިޔުން ،އަނގަބަހުން އަދި މަޝްވަރާގެ މައްޗައް ބިނާކޮށް ފީޑްބެކްދިނުން
އެކަކު އަނެކަކުގެ މަސައްކަތް ވަޒަންކުރުމާއި އަދި އަމިއްލަ މަސައްކަތް އަމިއްލައަށް ވަޒަންކުރުމުގެ ފުރުސަތު ދިނުން
ފެންވަރު ވަޒަންކުރެވޭނެ ގޮތްތައް: ޓެސްޓް ،ޕްރެޒެންޓޭޝަން،ޕްރޮޖެކްޓް،ދޭހަ،ވޯކްޝީޓް
ފެންވަރު ވަޒަންކުރުމާއި ފީޑްބެކް ދިނުމުގެ ސިފަތައް
ދަރިވަރުންގެ ކުރިއެރުމަށާއި އުނގެނުމުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ފުރިހަމައަށް އަމާޒުކުރުން
ސާފު،ސީދާ އަދި ކުރިއެރުމަށް މަގުފަހިވާނެފަދަ ބިނާކުރަނިވި ފީޑްބެކްއެއް ދިނުން
އުނގެނުން ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ގޮތަށް ،އެންމެ އެކަށީގެންވާ ވަގުތުގައި ފީޑްބެކް ދިނުން
ސައްހަ،އިތުބާރުހިފޭ އަދި އިންސާފުވެރި ވަޒަންކުރުމުގެ އުސޫލުތަކެއް ގެންގުޅުން