Please enable JavaScript.
Coggle requires JavaScript to display documents.
ލާނިންގ އިންޓެންޝަން އާއި ސަކްސެސް ކްރައިޓީރިއާ - Coggle Diagram
ލާނިންގ އިންޓެންޝަން އާއި ސަކްސެސް ކްރައިޓީރިއާ
މައިގަނޑު ކޮންސެޕްޓް:
މުހިންމު ޕޮއިންޓްތައް
ކިޔަވައިދިނުމުގައި ލާނިން އިންޓެންޝަންއާއި ސަކްސެސް ކްރިޓީރިއާގެ ދައުރު: ފީޑްބެކް ދިނުމަށާއި ކުރެވުނު މަސައްކަތާއިމެދު ފުންކޮށްވިސްނުމަށް މަގުފަހިކޮށްދިނުން، ކަންކަން ދެނެގަތުމަށްއެހީތެރިވުން،މާނަހުރި ގޮތެއްގައި ބޭނުންކުރުމުން އެންމެ ފުރިހަމަ ނަތީޖާ ލިބުން އަދި ދަރިވަރުން އަމިއްލަ ނަފްސަށް އޮންނަ އިރުބާރު ބޮޑުކޮށްދިނުން
ސަކްސެސް ކްރިޓީރިއާ: ކުރެވޭ އުންމީދުތައް ދަރިވަރުން ދެނެގަތުމަށް އެހީވުން، ދަރިވަރުން އަމިއްލަ މަސައްކަތް ވަޒަން ކުރުމަށާއި އިސްލާހުކުރުމަށް ބާރުއެޅުމާއި ދަރިވަރުންނަށް ކާމިޔާބީ ހޯދަން އެހީތެރިވުން
ލާނިންގް އިންޓެންޝަން އަކީ ދަރިވަރުން އުނގެނޭ ކަންތައްތައް ސާފުކޮށް ބަޔާންކޮށްދީ ކިޔެވުމުގެ މަސައްކަތަށް މަގު ދެއްކުމެވެ. އެސެސްމެންޓް ފޯރ ލާނިންގް ގެ ބައެއްގެ ގޮތުގައި ބޭނުންކުރެއެވެ.އަދި ހަރަކާތްތަކަށްވުރެ ބޮޑަށް އުނގެނުމަށް އިސްކަންދެއެވެ.
އުނގެނުމުގެ މަގްސަދުތަކުގައި ހުންނަ ސިފަތަކުގެ ތެރޭގައި ހުނަރުތަކާއި ދޭހަވުމުގެ މައްޗަށް ބިނާވެފައިވުން ، ސާފު އަދި ފަސޭހައިން ދެނަދަނެވޭ ފަދަ ގޮތަކަށް ހުރުން،ކުރު އަދި ހާސިލުކުރެވޭނެ ފަދަ ލަނޑުދަނޑިތަކަކަށްވުން އަދި ދަރިވަރުންނަށް ފަސޭހައިން ފަހުމްވާ ބަހުރުވަޔަކުން ލިޔެފައިވުން
މާނަ އާއި މިސާލު
މިސާލު: އިރުޝާދު ލިޔުން
އުނގެނުމުގެ މަގުސަދު:
ސާފުކޮށް އިރުޝާދުތައް ލިޔަން ދަސްކުރުން.
ކާމިޔާބީގެ މިންގަނޑު:
އާދައިގެ ސާދާ ބަހުރުވަ ބޭނުންކުރުން.
މުހިންމު ހުރިހާ މަރުހަލާތަކެއް ހިމެނުން.
އެހެން މީހުންނަށް ފަސޭހައިން އޮޅުންފިލާނެ ފަދައިން ހުރުން.
އިރުޝާދުތައް ތަރުތީބުން ހުރުން.
ލާނިންގް އިންޓެންޝަން(އުނގެނުމުގެ މަގްސަދު) އާއި ސަކްސެސް ކްރައިޓީރިއާ(ކާމިޔާބީގެ މިންގަނޑު) ދަރިވަރުން އުނގެނެމުންދަނީ ކޮން އެއްޗެއްކާަމާއި ،އެ އުނގެނޭ ފިލާވަޅުން ކާމިޔާބީ ހޯދާނެ ގޮތް ދެނެގަތުމަށް އެހީތެރިވެދެއެވެ.
.
ކުލާސްރޫމްގައި ބޭނުންކުރާނެގޮތް
ކާމިޔާބީގެ މިންގަނޑުތައް އުނގެނުމުގެ ލަނޑުދަނޑިތަކައިގުޅުވާލުން.
އުނގެނުމުގެ މަގްސަދުތަކާއި ކާމިޔާބީގެ މިންގަނޑުތައް ދަރިވަރުންނާއި ސާފު އިބާރާތުން ކުރުކޮށް ހިއްސާކުރުން