Please enable JavaScript.
Coggle requires JavaScript to display documents.
ޔޫ.ޑީ.އެލް- ޑިސައިނިންގ ފޮރ އޯލް ( އެލިސްޓަރ ވެންސް، ތާރީހެއް ނެތް),…
ޔޫ.ޑީ.އެލް- ޑިސައިނިންގ ފޮރ އޯލް ( އެލިސްޓަރ ވެންސް، ތާރީހެއް ނެތް)
ޝައުގުވެރިކަން އިތުރުކުރުމުގެ ތަފާތު ގޮތްތައް
ތަފާތު ކިޔަވައިދޭ ގޮތްތަކުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމުގެ ރޫހު އާލާވެއެވެ.
އަމިއްލައަށް ގޮތް ނިންމުމުގެ ފުރުސަތު ދިނުމުން، ބައިވެރިވުމާއި ޝައުޤުވެރިކަން އިތުރުވެއެވެ.
ވަކިން ނުވަތަ ގުރޫޕު ހަދައިގެން މަސައްކަތްކުރުމުގެ އިހުތިޔާރު ދަރިވަރުންނަށް ދިނުން
ތަފާތު މިންވަރުގެ ( އުނދަގޫ މިންވަރު ތަފާތު) ހަރަކާތްތައް ފޯރުކޮށްދިނުން
މަޢުލޫމާތު ހުށަހެޅުމުގެ ތަފާތު ގޮތްތައް
ދަރިވަރުން މަޢުލޫމާތު ދަސްކުރަނީ ތަފާތު ގޮތްގޮތަށެވެ.
ފިލާވަޅުތައް ނުވަތަ ކޮންޓެންޓް ތަފާތު ބައްޓަންތަކަށް ފޯރުކޮށްދޭންޖެހެއެވެ.
ވީޑިއޯ، ލިޔުން،އޯޑިއޯ އަދި މަންޒަރުތައް އެއްކޮށް ބޭޏުންކުރުން
އަމިއްލައަށް ކޮންސެޕްޓް މެޕް ހެދުމުގެ ފުރުސަތު ދަރިވަރުންނަށް ދިނުން
އަމަލީގޮތުން ބައިވެރިވުމާއި ހުނަރު ދެއްކުމުގެ ތަފާތު ގޮތްތައް
ދަސްވި އެއްޗެއް ދައްކައިދިނުމަށް ދަރިވަރުންނަށް ތަފާތުގޮތްތައް މަގުފަހިވެފައި ހުންނަން ޖެހެއެވެ.
ދަރިވަރުން ވަޒަންކުރުން ވާންޖެހޭނީ ލެނބޭ ފަސޭހަ އެއްޗަކަށެވެ.
ޕްރޮޖެކްޓް،ޕްރެޒެންޓޭޝަން، ނުވަތަ މަޒުމޫނު ލިޔުންފަދަ ކަންކަމުން އިހުތިޔާރުކުރުމުގެ ފުރުސަތު ދިނުން.
ދަރިވަރުންގެ މަސައްކަތްތައް ދައްކާލެވޭނެ ހަރަކާތްތައް ބޭނުންކުރުން
މެދުކެނޑުމެއްނެތި އަމިއްލަ ނަފްސު މޮނިޓރކޮށް ކޮންޓްރޯލްކުރުން
ދަރިވަރުން އަމިއްލައަށް އެކުދިންގެ އުނގެނުން ބަލައި ދަސްކުރަންޖެހެއެވެ.
މީގެ ސަބަބުން ޒިންމާދާރުކަމާއި އަމިއްލަ ފައިމައްޗަށް ތެދުވުމަށް ހިތްވަރު ލިބެއެވެ.
ކުރިއެރުން ބަލާ ޗެކްލިސްޓްތަކާއި ލަނޑުދަނޑިތައް ކަނޑައަޅާ ޓްރެކަރުތައް ބޭނުންކުރުން.
ރުބްރިކްސް ބޭނުންކޮށްގެން ދަރިވަރުން އަމިއްލައަށް އެކުދިންގެ މަސައްކަތް ރިވިއުކުރުމުގެ ފުރުސަތު ދިނުން.
މައިގަނޑު 4 ޕޮއިންޓު
ކިލާސްރޫމުގައި ބޭނުންކުރެވިދާނެ 2 ގޮތް