Please enable JavaScript.
Coggle requires JavaScript to display documents.
ޔުނިވަރސަލް ޑިސައިން ފޮރ ލރނިންގ Chrissie Butler (2016 : - Coggle Diagram
ޔުނިވަރސަލް ޑިސައިން ފޮރ ލރނިންގ
Chrissie Butler (2016 :
ޔުނިވަރސަލް ޑިސައިން ފޮރ ލރނިންގ މައިގަނޑު މަގުސަދަކީ ކުދިންގެ ކިބައިގައި ހުންނަ ތަފާތު ހުނަރުތަކާއި ގާބިލުކަމަށް ބެލުމެއްނެތި، ހުރިހާ ދަރިވަރުން ޝާމިލުވާނޭހެން އުނގަންނައިދީ، އެކުދިންނަށް ކާމިޔާބީއަށް ވާސިލުވުމުގެ ފުރުސަތު ހޯދައިދިނުމެވެ.
ޝާމިލުވުން އިތުރުކުރުމަށް ތަފާތު ގޮތްތައް ފަރުމާކުރުން
ދަރިވަރުންގެ ޝައުގުވެރިކަމާއި އަމިއްލަވަންތަކަން ފާހަގަކޮށް، އެކަންކަމަށް މަރުހަބާކިޔާނޭ ގޮތްތައް ކަނޑައެޅުން.
ދަރިވަރުން ކުރާ މަސައްކަތުގައި ސާބިތުކަމާއެކު ދެމިތިބުމަށް ހިތްވަރުދޭނެ ގޮތްތައް ފަރުމާކުރުން.
ކުދިންގެ ނަފްސާނީ އަދި އިހުސާސީ ގާބިލުކަން ތަރައްގީކުރާނޭ ގޮތްތައް ހިމެނުން.
މައުލޫމާތު ފޯރުކޮށްދިނުމަށް ތަފާތު ގޮތްތައް ފަރުމާކުރުން
މައުލޫމާތު ދެނެގަތުމާއި ބަލައިގަތުމަށް ފަސޭހަވާނޭ ތަފާތު ގޮތްތައް ހަމަޖެއްސުން.
ބަހާއި އެކި ކަހަލަ ނިޝާންތައް ބޭނުންކޮށްގެން މައުލޫމާތު ފޯރުކޮށްދޭނޭ ގޮތްތައް ފަރުމާކުރުން.
މައުލޫމާތު ބިނާކުރުމާއި އުނގެނުން ފުންކޮށްދޭނޭ މަގުތައް ފަހިކުރުން
މަސައްކަތް ދެއްކުމާއި ހުނަރު ފާޅުކުރުމަށް ތަފާތު ގޮތްތައް ފަރުމާކުރުން
މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމަށް ތަފާތު ގޮތްތައް ފަރުމާކުރުން.
ދަރިވަރުންގެ ހިޔާލާއި ވިސްނުން ފާޅުކުރުމަށާއި މުއާމަލާތްކުރުމަށް އެކި ގޮތްތައް ހަމަޖެއްސުން.
ރޭވުންތެރިކަމާއެކު މަސައްކަތް ކުރިއަށްގެންދިއުމުގެ ހުނަރު ތަރައްގީކުރުން.
ޕްރައިމަރީ އަދި ސެކަންޑަރީ މަރުހަލާގައި ފަރުމާކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން
ކިޔަވައިދިނުމުގައި ބޭނުންކުރާނެ އުސޫލުތައް.
ފެންވަރު ބެލުމާއި ވަޒަންކުރުން.
ބޭނުންކުރާނެ ތަކެއްޗާއި ވަސީލަތްތައް.
ލަނޑުދަނޑިތައް ކަނޑައެޅުން.
ޔޫ.ޑީ.އެލް (UDL) ބޭނުންކޮށްގެން ފިލާވަޅުތައް ރާވާނެ ގޮތް:
އުނގެނުމުގެ މަފްހޫމާ ބެހޭގޮތުން އެނގެނީ ކޮންކަންތައްތަކެއް ހެއްޔެވެ؟
މި މަސައްކަތުގެ އަސްލު މަގުސަދަކީ ކޮބައިހެއްޔެވެ؟
ކިޔަވައިދިނުން، ވަޒަންކުރުން އަދި އިސްލާހުކުރުން.
އުނގެނުން ފަރުމާކުރުމުގައި ޔޫ.ޑީ.އެލް އިރުޝާދުތައް ބޭނުންކުރުން.
ހުރިހާ ދަރިވަރުންނަށް ބޭނުންވާނެ އާންމު އެހީތެރިކަން ދެނެގަތުން.
އުނގެނުމަށް ހުރަސްއެޅިދާނެ ކަންތައްތައް ދެނެގަތުން.